ޚަބަރު

ކޮވިޑް 19 : ދިރާގުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުޔެއް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ ބިޒްނަސް ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހު ފީ އިން %25 ޑިސްކައުންޓެއް މާޗު އަދި އޭޕްރީލް މަހަށް ދޭން ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހު ފީ އިން ވެސް %25 ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ދިރާގުން އަންނަނީ ކަސްޓަމަރުންނަށް އެކި ގޮތްގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ދިރާގުގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިއްޔެ ވަނީ %30 އިތުރު ޑޭޓާ ދީފައެވެ.

އޭގެ އިތުރުންވެސް ދިރާގުން ވަނީ މޮބައިލް އަދި އިތުރު ކަސްޓަމާ ސެގްމެންޓްތަކަށް ވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމައިފައެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ.