އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަރަދުން 19.3 މިލިއަން ރުފިޔާ ކުޑަކުރަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.
މިކަން ހާމަ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ހަރަދުތައް ކަނޑަން ފިނޭންސް މިނިސްޓަރުގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ސިޓީގައި މަޖިލީހުގެ ހަރަދުން 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ކޮށްދެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެކައުންޓުތައް ބައްލަވައިގެން 19.3 މިލިއަން ރުފިޔާ އުނިކުރެވޭނެ ބައިތައް ހޯއްދަވައިދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްގެ އަރިހުން މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ.