ޚަބަރު

ހަ ސްޓޭޓް މިނިސްޓަރުންނާއި ޗީފް ކޮމިއުނިކޭޝަން އޮފިސަރެއް އައްޔަން ކުރައްވައިފި

އަހުމަދު ޖައިޝަން

ސްޓޭޓު މިނިސްޓަރުންގެ ހަ މަގާމަށާއި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓީޖިސްޓް އޮފިސަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓެޓީޖިސްޓުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އިބްރާހީމް ހޫދެވެ.

ސްޓޭޓު މިނިސްޓަރުންގެ މަގާމަށް އައްޔަންކުރައްވާފައިވާ ހަ ބޭފުޅުންނަކީ :

އަހުމަދު އަފްޒަލް – މިނިސްޓަރ އޮފް ސްޓޭޓް ފޮ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

މުހައްމަދު ޒުހައިރު – މިނިސްޓަރ އޮފް ސްޓޭޓް ފޮ ހެލްތު

ޝާހު އަބްދުﷲ މާހިރު – މިނިސްޓަރ އޮފް ސްޓޭޓް ފޮ ހެލްތު

ފާތިމަތި ނަސީރު – މިނިސްޓަރ އޮފ ސްޓޭޓް ފޮ އެޑިއުކޭޝަން

އަހުމަދު ޒުހައިރު – މިނިސްޓަރ އޮފް ސްޓޭޓް ފޮ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

އަހުމަދު ސޯލިހު – މިނިސްޓަރ އޮފް ސްޓޭޓް ފޮ ޓުއަރިޒަމް

ސިޔާސީ މަގާމު ތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރީން އެބޭފުޅުންގެ ވަނަވަރާއި އެނޫން ވެސް ގިނަ ކަންތައްތަކެއް ބައްލަވަން ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން މިއަދު ވަަނީ ބުނެފަ އެވެ.