ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކައުންސިލްތަކުގެ އިހުތިސާސްތައް ކަނޑައަޅުއްވައިފި

އިބްރާހިމް ޒަކީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ އިހުތިސާސްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާނީ ލާމަރުކަޒީ އުސޫލުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ އާއި، ގާނޫނު ނަންބަރު 2019/24 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)އަށް، އަށް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 1-56 ގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާތީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމެނޭ ގޮތަށް ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހުތިސާސްތަކުގެ މައުލޫމާތު ގެޒެޓް ކޮށްފައިވާ ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ތިރީގައިވާ ލިންކުން މި ގަރާރުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހުތިސާސްތަކުގެ މައުލޫމާތު ހިމެނޭނެއެވެ.

http://www.gazette.gov.mv/gazette/download/5697