އަލީ ޔާމިން
ހިދުމަތް ހޯދުމަށް އަންނަ މީހުން ފިޔަވައި އެހެން މީހުން ފުވައްމުލަކު އެއާޕޯޓަށް ވަނުން މަނާކޮށްފިއެވެ.
ފުވައްމުލަކު އެއާޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްތަނަކަށް ޖަމާނުވުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދެއްވާފައިވާ އިރުޝާދުގެ ދަށުން އެ އެއާޕޯޓަށް ހިދުމަތް ހޯދުމަށް އަންނަ މީހުން ފިޔަވައި އާންމު ރައްޔިތުންނަށް މިއަދުން ފެށިގެން އެއާޕޯޓަށް ވަނުން ބަންދު ކުރެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި އަޅަމުން އަންނަ މިފަދަ ފިޔަވަޅުތައް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދޭކަމަށްވެސް ފުވައްމުލަކު
އެއާޕޯޓުން އެދެއެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.