އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްވި ދިވެހި މީހާ ފެނުނީ ހުޅުމާލެއިން ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެމީހާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެމީހާއަކީ ހުޅުމާލޭގައި ހުރި ފަރާތެއް ކަމަށެވެ.
"އެ ފަރާތަކީ މިވަގުތު އަންނަތަރާ ދިގު ރިސޯޓުގައި ހުރި ފަރާތެއް ނޫން. އެ ފަރާތަކީ ހުޅުމާލޭގައި ހުރި ފަރާތެއް. މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ތިބޭފުޅުންނަށް ކުރިން ވެސް އެނގޭނެ ކުރިއަށްދާކަން. އޭގެ ތެރެއިން ސިމްޕްޓަމެޓިކްކަން ފާހަގަކުރެވޭ ފަރާތެއް ފަރުުކޮޅުފުއްޓަށް މިހާރު އެ ގެންދެވެނީ،" އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.