ކޮވިޑް 19 އާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ، 30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމާފައިވަނީ މި މަހާއި އޭޕްރީލް މަހު ކަމަށެވެ.
މިއީ ކޮވިޑް 19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް، ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެއެވެ.
ދިރާގުން ބުނީ މީގެ އިތުރުންވެސް އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާބެހޭ އިތުރު ތަފުސީލުތައް ހާމަ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑް 19 އާ ގުޅިގެން ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ސްކޫލްތައް ބަންދު ކޮށްފައިވާ އިރު، ޓީވީ އާއި ވައިބާ ބޭނުންކޮށްގެން ސްކޫލު ކުދިންނަށް ކިޔަވައި ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.