ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ފޮނުވާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެ ކޮމިޝަނުން މިއަދު އިއުލާނު ކުރި ގޮތުގައި މި ނިންމުމަކީ އެ އިދާރާއަށް ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތައް ވީހާވެސް މަދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
އެގޮތުން މިއަދުން ފެށިގެން އެ ކޮމިޝަނަށް އާންމު ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިއުންތައް އެ ކޮމިޝަނަށް މެއިލް ކުރުމަށް ކޮމިޝަނުން ކުރި އިއުލާނުގައިވެއެވެ. އެގޮތުން މެއިލް ކުރުމަށް ހަމަޖައްސާފައިވަނީ ކޮމިޝަންގެ އީމެއިލް [email protected] އަށެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް 19ގެ ޖުމްލަ 13 ކޭސްއެއް ވަނީ ފެނިފައެވެ. އަދި މި ބަލި އިތުރަށް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސަރުކާރުގެ އެކި އިދާރާތަކުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.