އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް މުޖުތަމައުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މީގެ ކުރިން ވެސް އިސްލާމްދީނާއި ދެކޮޅަށް ވާހަކަ ދައްކަމުން ގެންދާތީ ގދ. ތިނަދޫއިން ވެސް އޭނާ ހައްޔަރު ކުރިކަމަށެވެ. ގދ. ތިނަދޫން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ގެންދާތީ ހައްޔަރު ކޮށްފައިވަނީ އެރަށު މުހައްމަދު ރުސްތުމް މުޖުތަބާ ކިޔާ މީހެކެވެ.
ރުސްތުމް ހައްޔަރުކޮށްފައި ވަނީ، ފާޅުގައި މީސް މީޑިއާގައި އިސްލާމްދީނާއި ދެކޮޅަށް އަޑު އުފުލައި، ލާދީނީ ބޮޑެތި ޖަލްސާ ބާއްވާނެ ކަމަށް ބުނުމުން، ތިނަދޫ ޒުވާނުން އޭނާ އާއި ދެކޮޅަށް ނިކުތުމުންނެވެ.
ނަމަވެސް މިމަހުގެ ނުވަ ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލުމާއި އެކު އޭނާ ވަނީ އިސްލާމްދީނަށް އަނެއްކާވެސް ފުރައްސާރަ ކުރަން ފަށާފައެވެ. އެއާއިއެކު އާންމުން ވަނީ ނުހުރުހުން ފާޅުކުރަން ފަށައިފައެވެ
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.