މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅޭ މައުލޫމާތު ސިއްރު ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރާނަމަ ވިސިލްބޮލޯވާ ޕްރޮޓެކްޝަން ޔުނިޓަށް އެކަން އަންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެދެފިއެވެ.
އެޗްއާރްސީއެމުން ރޭ ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް19 އާއި ގުޅޭ މައުލޫމާތު ހިއްސާ ނުކުރުމަށް މަޖުބޫރު ކުރާނަމަ އަދި އެފަދަ ބިރުވެރި އަމަލެއް ހިންގާނަމަ އެކަމުގެ މައުލޫމާތު އެޔުނިޓަށް ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
ވިސިލްބޮލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަން އެނގިއްޖެނަމަ އެކަން ހުށަހަޅަން އޮންނަ ޔުނިޓެކެވެ. އަދި އެފަދަ މީހުންނަށް ދައުލަތުން ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހެއެވެ.
އެޗްއާރްސީއެމުން ބުނީ އެފަދަ މަޖުބޫރު ކަމެއް އުޅޭނަމަ އެޔުނިޓަށް (([email protected] ) އީމެލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭކަމަށެވެ.