އަލިފާން ނިއްވާލިތާ ގިނައިރުތަކެއް ނުވަނީސް، ގދ. ރަތަފަންދޫ ފުޓުބޯޅަ ދަނޑުގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ ރަތަފަންދޫ ފުޓުބޯޅަ ދަނޑު ތެރޭގައި ބަޔަކު އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:35 ހާއިރު ލިބުމާއެކު ފުލުހުންނާއި ރައްޔިތުންނާ ގުޅިގެން މިރޭ 8:00 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެ ދަނޑުގައި ދެވަނަ ފަހަރަށް ރޯކޮށްލައިގެން އަލިފާންގަނޑު ނިއްވާލުމަށް ރައްޔިތުންނާ ގުޅިގެން އަނެއްކާވެސް މަސައްކަތްކޮށް، މިރޭ 10:45ގައި ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ ދަނޑަކީ ގުދުރަތީ ވިނަ ދަނޑެއް ކަމަށާއި ރޯކޮށްލާފައިވަނީ ދަނޑުގެ ތެރޭގައި ހުރި ވިނަތަކުގައާއި ކުދި ގަސްތަކުގައި ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.