ފިލިޕީންސްގައި 117 ދިވެހިން އެބަ ތިބި ކަމަށާއި އެ އެންމެެންގެ ހާލު ވެސް ރަނގަޅު ކަމަށް ކޮވިޑް19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބުރޫކު މިރޭ ވިދާޅުވީ، ފިލިޕީންސްގައި އުޅޭ ދިވެހިން އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ކުރި އިއުލާނާ ގުޅިގެން 117 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
އެފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކުމިރޭ ވިދާޅުވީ، ފިލިޕީންސްގައިތިބި 117 މީހުންނަކީ ކިޔަވާކުދިންކަން އަދި ޔަގީންކޮށް ދަންނަވަން ދަތި ކަމަށެވެ.
ނަމަވެސް އެ އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، މިއަދު މެންދުރެއްހާ ހަމައަށް މައުލޫމާތު އޮޅުންފިލުވިއިރުވެސް ފިލިޕީންސްގައި ތިބި ދިވެހިންގެ ތެެރެއިން އެކަކުވެސް ރާއްޖެ އައުމަށް އެދިފައިނުވާ ކަމަށެވެ.