ޚަބަރު

ރީތި ބީޗް ރިސޯޓުން ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހެއްގެ ސާމްޕަލް ނަގައި ރަށް މޮނިޓަރިންގައި

އައިދާ އަބްދުލް ހަކީމް

ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ބިދޭސީއެއްގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެމީހާގެ ސާމްޕަލް ނަގައި، އެޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގްއަށް ލާފައިވާ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު ރާއްޖެއިން މިހާތަނަށް ޕޮސިޓިވް ވި 10 މީހުންނަކީ ވެސް ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ރިސޯޓްތަކަށް ބަލާއިރު، ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓު، ކުރަމަތި އައިލެންޑް ރިސޯޓުން އަދި އަނަންތަރާ ދިގު ރިސޯޓު ހިމެނެއެވެ.