އަންނަ އާދިއްތަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ގަޑި އިތުރުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ރަސްމީ ގަޑި އިތުރުކުރައްވަން ނިންމެވި ނަމަވެސް ސަރުކާރުން އެކަމާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު ފަހު 3:00 ކަމަށް ހަމަޖެއްސުމަށް މިއަދު ވަނީ ނިންމަވާފައެވެ.
ނަމަވެސް ސަރުކާރުގެ އެހެން އިދާރާތަކުގެ ރަސްމީ ގަޑިއަށް ބަދަލު ގެނެސްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
މިހާރުވެސް ސަރުކާރުގެ އެހެން އިދާރާތަކެކޭ އެއް ގޮތަށް، ރައީސް އޮފީހުގެ ރަސްމީ ގަޑިއަކީ މެންދުރު ފަހު 2:30 އެވެ.