ޚަބަރު

އެމްޑީއޭގެ މަޖިލިސް މެންބަރު އުމަރު ހުސައިން ޖޭޕީއަށް ސޮއިކުރައްވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން މިއަދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ.

އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރައްވާ އުމަރު ހުސައިން މިއަދު ޖޭޕީއަށް ސޮއިކުރެއްވުމުން ޖޭޕީގެ ޕާލަމެންޓަރީ ގުރޫޕު ލީޑަރު އަބްދުﷲ ރިޔާޒު ވަނީ މަރުހަބާ ދަންވާފައެވެ.

އުމަރު ހުސައިން މިއަދު ޖޭޕީއަށް ގުޅިވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ގެންދަވަނީ ޖޭޕީއަށް ސޮއިކުރައްވަމުންނެވެ.

އެގޮތުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފައެވެ.

އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވެސް ވަނީ ދާދި ފަހުން ޖޭޕީއަށް ސޮއިކުރައްވާފައެވެ.