މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 ފެތުރެމުންދާތީ އިނގިރޭސިވިލާތުގެ ލޯކަލް އަދި މޭޔޯރަލް އިލެކްޝަން އެއް އަހަރަށް ފަސްކޮށްފިއެވެ.
އެގައުމުގެ ސަރުކާރުން އެގޮތަށް ނިންމީ އިންތިހާބު އޮތީ ވައިރަސް އެންމެ ބޮޑަށް ފެތުރިގެންދާނެ ކަމަށް ލަފާކުރާ ދުވަސްވަރު ކަމަށް ބުނެއެވެ. މިހާރު އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީހަކީ އަންނަ އަހަރުގެ މެއި މަހެވެ.
އެ އިންތިހާބަކީ އިނގިރޭސިވިލާތުގެ 118 ކައުންސިލާއި ހަތް ރީޖަނަލް މޭޔަރުން ހޮވަން ބާއްވާ އިންތިހާބެވެ.
ލަންޑަނުގެ މޭޔަރުކަމާއި ޕޮލިސް ކްރައިމް ކޮމިޝަނަރު ކަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ނެގުން ބާއްވަން ހަމަޖައްސާފައިވަނީ ލަންޑަނުގައެވެ.
އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ބުރާސްފަތި ދުވަހުވެސް ވަނީ ވަރިއަސް ހައްލުވަންދެން އިންތިހާބު ފަސްކުރުމަށް ލަފާ ދީފަ ފައެވެ. އެ ކޮމިޝަނުން ލަފާ ދިނީ މިއަހަރު ފަހުކޮޅު އިންތިހާބު ބޭއްވުމަށެވެ.
ކެބިނެޓުން މިހާރު ތައްޔާރުވަމުން އަންނަނީ ސަރުކާރުން އިންތިހާބު ފަސްކުރަން ނިންމި ބިލް މަޖިލީހަށް ހުށަހެޅުމަށެވެ.
އެގައުމުގައި 2001 ވަނަ އަހަރުވެސް ވަނީ އިންތިހާބެއް އެއް މަހަށް ފަސްކޮށްފައެވެ. އެއީ ފޫޓް އެންޑް މައުތު ބަލި ފެތުރިގެން ފަސްކުރި އިންތިހާބެކެވެ.
އިނގިރޭސިވިލާތުގެ ސަރުކާރާ އިދިކޮޅު ޕާޓީ ލިބެރަލް ޑިމޮކްރަޓް ގެ އެކްޓިން ލީޑަރު ސަރ އެޑް ޑަވޭ ވިދާޅުވީ ސަރުކާރުން ނިންމީ އެންމެ ރަނގޅު ގޮތް ނަމަވެސް އެއް އަހަރަށް އިންތިހާބު ފަސްކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އިލޮކްޓޯރަލް ކޮމިޝަނުންވެސް ލަފާދިން ގޮތަށް މިއަހަރު ފަހުކޮޅު ބޭއްވުނީސް ކަމަށެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހޯމަ ދުވަހުން ފެށިގެން ވިސިޓާ އެކްސެސް ނުދޭން ނިންމާފައި ވާއިރު، ހުރިހާ މެންބަރުންނަށް ވަނީ ގައުމުން ބޭރަށް ނުދިޔުމަށް ލަފާ އަރުވާފައެވެ.
ޔޫކޭގައި 798 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެ ތެރެއިން 10 މީހަކު ވަނީ މަރުވެފައެވެ.