ޚަބަރު

ކޮވިޑް 19 : ދަރަންވަންދޫ އެއާޕޯޓުން ފުރަން ދިޔަ ދެ މީހެއްގެ ގައިން އަލާމާތްތައް ފެނި އެކަހެރިކޮށްފި

އަލީ ޔާމިން

2

ބ އަތޮޅުގެ ރިސޯޓަކުން އެ އަތޮޅު ދަރަންވަންދޫ އެއާޕޯޓަށް ފުރަން ދިޔަ ދެ މީހެއްގެ ފަރާތުން ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ދެމީހުން އެކަހެރިކޮށްފިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ، ކޮވިޑް 19އަށް ޝައްކު ކުރެވޭ ދެ މީހަކު ދަރަވަންދޫ އެއާޕޯޓުން ފެނުނު ނަމަވެސް އެއާޕޯޓު ބަންދު ނުކުރާ ކަމަށާއި ބަންދު ކުރަން ޖެހޭ ހާލަތެއް އަދި އައިސްފައި ނުވާ ކަމަށެވެ.

"އެއާޕޯޓުގެ އޮޕަރެޝަނަށް އެއްވެސް ބަދަލެއް ނާދޭ. ރަންވޭ މިއޮތީ ހުޅުވާލާފައި. ދެންމެވެސް ދެތިން ފުލައިޓެއް ޖެއްސި،" މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ، އެ އެއާޕޯޓަށް ފުރަން އައި ދެ ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތްތައް ފެނުމުން އެ ދެމީހުން އެއާޕޯޓުގައި އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނާ ކޮންޓެކްޓްވި މީހުންވެސް އެކަހެރިކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް އެއާޕޯޓުގެ މުވައްޒަފުން ކަމަށް މާޖިދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟