ގދ. ތިނަދޫގައި ހުރެގެން މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފައި ބެހެއްޓި މުހައްމަދު ރުސްތަމް މުޖުތަބާ ދޫކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ވަން"އަށް ވިދާޅުވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް އޭނާ މިމަހުގެ ނުވަ ވަނަ ދުވަހު ދޫކޮށްލައިފައިވާ ކަމަށެވެ.
ރުސްތަމް ދޫކޮށްލި ފަހުންވެސް ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހައި ވަކި ތާރީހެއްގައި ދިވެހި ރާއްޖެ ސެކިއުލާ ދައުލަތަކަށް ބަދަލުވާނެ ކަމަށް ބުނެ ޓުވީޓުތަކެއް ކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އައި ވަކިއެއްޗެއް ބުނެފައެއް ބުނެފައެއް ނުވެއެވެ.
ރުސްތަމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެމްޕެމްބަރު މަހުގެ 10 ވަނަ ދުވަހު ގދ. ތިނަދޫންނެވެ.