ޚަބަރު

މަޖިލިސް އަދި ކައުންސިލް އިންތިހާބަށް ލީޑަރުން ގުޅިގެން މަސައްކަތް ކުރުމަށްް ވަނީ އެއްބަސްވެފައި: ރިޔާޒު

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ކޯލިޝަންގެ ހަތަރު ލީޑަރުން އެއްބަސްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރުމާ ގުޅޭ ގޮތުން ގުޅިފައިވާ ކޯލިޝަނުގެ ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރުންގެ ތެރޭގައި އެއްބަސްވުން އޮތީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެކުގައި މަސައްކަތް ކުރަން. އަދި ދެން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރަން،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަނުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދާއިރާތަކާއި އަދަދުތައް ކަނޑައެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.