އަލީ ޔާމިން
ކޮވިޑް 19ގެ ބަލިމަޑުކަމުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.
ރާއްޖޭން ކޮވިޑް 19 ފެނިފައިވާ އިރު، އިއްޔެ ހެލްތު މިނިސްޓްރީން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެެވެ. މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ އެކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ.
އެގޮތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މަސައްކަތްވެސް ގުރުއާނުގެ ބަރަކާތުންނާއި ބަލިމަޑުކަމުން ދިންނެވުމަށް އެދި ކުރާ ދުއާއަކުން ފެށުމަށް އެކުންފުނިން ވަނީ ނިންމައިފައެވެ.
ފެނަކައިން ބުނީ އެކުންފުނީގައި މަސައްކަތް ކުރާ މާބަނޑު އަންހެނުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. މިއާއެކު ފެނަކަ ކޯޕަރޭޝަން ވެގެން ގޮސްފައިމިވަނީ ކޮވިޑް 19އާ ގުޅިގެން މާބަނޑު މުވައްޒަފުން ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދިން ސަރުކާރުގެ ފުރަތަމަ ކުންފުންޏަށެވެ.
ރާއްޖޭން މިހާތަނަށް ވަނީ ކޮވިޑް 19އަށް ނުވަ މީހަކު ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.