އަލީ ޔާމިން
ފުލުހުންގެ މަތި އުތުރު ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ މަތި އުތުރު ޑިވިޝަން، ހއ، ހދ އަދި ށ އަތޮޅުގައި ހިމެނޭ ރަށެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް މީހަކު ޖިންސީ ގުނަވަން ދެއްކި މައްސަލައެއް މިމަހުގެ ތިންވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ ނުވަވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކޯޓުން އެމީހާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.