އަލީ ޔާމިން
ކޮރޮނާވައިރަސްގެ ނުރައްކާ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް ބޮޑުވެފައިވާއިރު އެ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދައުވަތު ދެއްވައިފިއެވެ.
މޯދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ވައިރަހާ ގުޅިގެން ސާކްގެ ގައުމުތަކުން މަސައްކަތް ކުރުމަށް ހުށަހަޅުއްވާ ކަމަށާއި އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާ ކުރެވިދާނެ ކަމަށެވެ.
މޯދީ ވިދާޅުވީ ޝާކުގެ ގައުމުތަކުން އެކުގައި މަސައްކަތްކޮށްގެން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށެވެ.
މޯދީ މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ، ކޮރޯނާވައިރަހުގެ ނުރައްކަލުގެ ސަބަބުން ދެކުނު އޭޝިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނުފޮރުޅާ އެންމެ ގަލެއްވެސް ބާއްވައިގެން ނުވާނެ ކަމަށެވެ.
ޝާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮވިޑް 19އަށް މީހުން ޕޮޒިޓިވްވެފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެގައުމުން 75 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ޕާކިސްތާނުގައި 20 މީހަކަށް ވައިރަސް ޖެހިފައިވާ އިރު، ބަންގްލަދޭޝަންގައި ތިން މީހަކަށް، އަފްގާނިސްތާނުގައި ފަސް މީހަކަށް އަދި ސްރީލަންކާގައި ދެ މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. ބޫޓާނާއި ނޭޕާލުގެ އެކަކަށް ކޮވިޑް 19 ޖެހިފައިވާއިރު ރާއްޖެއިން މިހާތަނަށް ނުވަ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.