ޚަބަރު

ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުންދިން ޒުވާނަކު ހައްޔަރުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ ކާރުކޮޅަށް ގެއްލުންދިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ވެހިކަލްތަކަށް ގެއްލުންދޭ ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، ހިލާލީގެ ކައިރީގައި އޮތް ނައިބު ރައީސްގެ ކާރުކޮޅުގެ ވައިޕަރާއި ބޯޑު ބިންދާލައި ގެއްލުން ދީފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.