ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 0.5 ލާރި އަގުހެޔޮކޮށްފައިވާ ކަމަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.89 ރުފިޔާއަށެވެ. އެހެންކަމުން މިގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް މިހާރު 10.39 ރުފިޔާއަށް ލިބޭނެއެވެ.
މިއަދުން ފެށިގެން އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 0.53 ލާރި އަގުހެޔޮކޮށްފައެވެ. އެހެންކަމުން ޕެޓްރޯލް ލީޓަރެއް 9.60 ރުފިޔާއަށް މިހާރު ލިބޭނެއެވެ.
އެސްޓީއޯއިން ވަނީ މިދިޔަ މަހުވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ.