ޚަބަރު

ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޕްރައިމެރީއަކާ ނުލައި ޓިކެޓު ދޭ ކަމުގެ އިޝާރާތެއް

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނަށް ޕްރައިމެރީއަކާ ނުލައި ޓިކެޓް ހަވާލުކުރުމުގެ އިޝާރާތެއް އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ކުރައްވައިފި އެވެ.

ރޭ ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޕްރައިމެރީގެ ޓިކެޓު މިއަދު ބައެއް މެމްބަރުންނަށް ލިބުން އެކަށީގެންވާ ކަމަށެވެ.

އެގޮތުން ޕާޓީގައި ހުރި ކަންތައްތަކާއި މަޖިލީހުގެ އިންތިހާބާ ގުޅޭ ކަންތައްތަކަށް ރޭ ރާއްޖޭގެ ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމާ ގުޅުވައިގެން ނިހާން އެއްވެސް އިތުރު މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.