ޚަބަރު

ކޮވިޑް 19 އަށް ނެގަޓިވްވި ތިން މީހަކު ސެލްފް އައިސޮލޭޝަނަށް ގެއަށް ބަދަލުކޮށްފި

މަރިޔަމް ޝަހުދާ

ވިލިވަރު ކަރަންޓީނު ފެސަލިޓީގައި ތިބި ތިން މީހަކު ކޮވިޑް 19 އަށް ނެގަޓިވް ވުމުން ސެލްފް އައިސޮލޭޝަނަށް ގެއަށް ބަދަލުކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިކަން އާންމު ކޮށްފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. އެގޮތުން މި ތިން މީހުންވެސް 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ނިމެންދެން ސެލްފް އައިސޮލޭޝަނަށް ގެއަށް ބަދަލުކޮށްފައިވަނީ ދެ ފަހަރެއްގެ މަތިން ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ފަހު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް 19 އަށް މި ތިން މީހުން ޓެސްޓު ކުރި ދެފަހަރުވެސް ތިން މީހުންވެސް ވަނީ ކޮވިޑް 19 އަށް ނެގަޓިވް ވެފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެގޮތުން ގެއަށް ސެލްފް އައިސޮލޭޝަނަށް ބަދަލުކޮށްފައިވަނީ ދިވެއްސަކާއި ދެ ބިދޭސީއެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮސިޓިވް ވެފައިވާ އަށް ކޭސްއެއް ފެނިފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް މި ވައިރަސް އެއްވެސް ދިވެއްސެއްގެ ގައިން ފެނިފައެއް ނުވެއެވެ.