ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު 02:00 ގައި ގައުމާ މުހާތަބުކުރައްވަނީ

2

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރު ހަސަން އިސްމާއީލް ވަނީ ދާދި ދެންމެ އެކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބު މި ކުރައްވަނީ ކޮވިޑް19 ގެ ހާލަތު ގޯސްވެ، ރާއްޖޭން ވެސް މި ބައްޔަށް އަށް މީހަކު ޕޮޒިޓިވްވެ، ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޅެން ހުރި އެންމެ ސީރިއަސް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގޮވާލާފައި ވަނިކޮށެވެ. ޑަބްލިޔުއެޗްއޯ އިން ރޭ ވަނީ، ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާއެއް ކަމަށް ކަނޑައަޅައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދިވެހި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާނީ ކޮވިޑް19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި އެކަމާއި ގުޅިފައިވާ ކަންކަމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟