ޚަބަރު

ކޮވިޑް 19އަށް ޓެސްޓު ކުރި މީހަކު ނެގެޓިވް ވުމުން ގޭގައި އެކަހެރިކޮށް ބެހެއްޓުމަށް ދޫކޮށްލައިފި

އައިދާ އަބްދުލް ހަކީމް

ކޮރޯނާވައިރަސް (ކޮވިޑް19) އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ މީހެއްގެ ނަތީޖާ ނެގެޓިވް ވުމާއި ގުޅިގެން އެމީހާ ގެޔަށް ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި ހުރި މީހަކު ޓެސްޓުކޮށް ނެގެޓިވް ވުމުން އޭނާ ގޭގައި އެކަހެރިކޮށް ހުރުމަށް ގެޔަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ކޮވިޑް19 އާ ގުޅިގެން މިހާތަނަށް އަށް މީހުން އެބައްޔަށް ޕޮސިޓިވް ވެފައި ވާއިރު ވިލިވަރުގައި 13 މީހުން ކަރަންޓީން ކޮށް 15 މީހުން ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައި އެބަތިއްބެވެ.