ޚަބަރު

މާލޭގެ މަގުމަތީގައި އަންހެން ދަރިއަކު މަންމަގެ ގައިގައި ފިހިގަނޑަކުން ތަޅައި ދަތް އަޅާ ވީޑިއޯއެއް!

އަލީ ޔާމިން

4

ހެންވޭރު ކަށިމާހިނގުމުގައި އަންހެން ދަރިޔަކު މަންމައަށް ފިހިގަނޑަކުން ހަމަލީ އަނިޔާކޮށް ދަތް އަޅާ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އަންހެން މީހާ އެތައް ފަހަރަކު މަންމައަށް ފިހިގަނޑުން ހަމަލާދެއެވެ. އަދި އެ ވަގުތު އެތާނގައި މީހުން ތިބި ނަމަވެސް އެއިން އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެއް ނުފެނެއެވެ.

ހެންވޭރު ކަށިމާހިނގުމުގައި އަންހެން ދަރިޔަކު މަންމައަށް އަނިޔާކުރާ ވީޑިއޯ

މީސް މީޑިއާގައި ދައުރުވަމުން އަންނަ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި އެ އަންހެން މީހާ އޭނާގެ މަންމަގެ ކަރުގައި ހިފައި ކަންފަތުގައި ދަތް އަޅައެވެ. އަދި އެވަގުތު އެތާނގައި ތިބި ދެ ފިރިހެނުންވެގެން އެ ދެމައިން ދުރުކުރާ މަންޒަރު ފެނެއެވެ.

ހެންވޭރު ކަށިމާހިނގުމުގައި އަންހެން ދަރިޔަކު މަންމައަށް އަނިޔާކުރާ ވީޑިއޯ

މި މައްސަލައާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ވަން"އަށް ބުނީ އެދެމައިންގެ މެދުގައި ހަމަނުޖެހުންތައް ހިނގާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި މީގެ ކުރިންވެސް އެ އަންހެން މީހާ ވަނީ އޭނާގެ މަންމައަށް އެކިފަހަރުގެ މަތިން އަނިޔާކޮށްފައި ކަމަށެވެ.

މި ކަމުގެ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ކަމާ ބެހޭ އިދާރާއަކުން ވެސް މި ކަމުގެ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ. އިއްޔެ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވި މަންޒަރު "ވަން" ގެ ނޫސްވެރީންނަށް ވަނީ ފެނިފަ އެވެ.

މިއީ ދެމައިން ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަން އަށް މައުލޫމާތު ދިން ނަމަވެސް، ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟