ޚަބަރު

ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފޮށި ފެނުނީ ގިނަ އަދަދަކަށް މީހުން ޖަމާވާ ސަރަހައްދަކުން ކަމަށް ވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޖުމްހޫރީ މައިދާނުން ފެނިފައިވަނީ ރަތް ކުލައިގެ ފޮށްޓެއް ކަމަށާއި އެ ފޮށި ފެނިފައިވަނީ އެ މައިދާނުގައި ހުރި ޑަސްބިން ކައިރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ޖުމްހޫރީ މައިދާން ބަންދުކޮށްގެން އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން އެ ފޮށި ބަލައި ފާސްކުރިއިރު ނުރައްކާތެރި އެއްވެސް އެއްޗެއް އެ ފޮށިން ފެނިފައި ނުވާ ކަމަށެވެ.