ޚަބަރު

ކޮވިޑް 19އަށް ޓެސްޓް ކުރި ވިލަމެންދޫ މުވައްޒަފު ބައްޔަށް ނެގެޓިވް، ރަށް ހުޅުވާލައިފި

އަލީ ޔާމިން

ކޮވިޑް 19ގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އދ. ވިލަމެންދޫ އައިލެންޑް ރިސޯޓުގެ ދިވެހި މުވައްޒަފު ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޝައްކު ކުރެވޭ ކޭހަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ވިލަމެންދޫގައި ނިންމާފައިވާ ކަމަށެވެ. ޓެސްޓުގެ ނަތީޖާ އާއީ ކޮންޓެކްޓް ޓްރޭސިން ނިމިފައި ވާތީ އެ ރަށަށް އަރައި ފޭބުމުގައި މިހާރު ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވިލަމެންދޫގެ އިތުރުން ރީތިރަށުގެ ކަރަންޓީނު ކުރި ފަރާތްވެސް ބައްޔަށް ނެގެޓިވް ވުމުން އެރިސޯޓުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

ރީތިރަށުން ކޮވިޑް 19އަށް ޓެސްޓްކޮށްފައި ވަނީ އިޓަލީގައި މަޑުކޮށްފައި އައި ޓޫރިސްޓު ދެމަފިރިއެއްގެ އަށް މަހުގެ ދަރިފުޅެވެ.

ކޮވިޑް 19 ރާއްޖޭން އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ ރިސޯޓާއި އއ. ބަތަލާ ރިސޯޓް އަދިވެސް އޮތީ ކަރަންޓީނުކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހަ މީހަކަށް ކޮވިޑް 19 ޖެހިފައިވެއެވެ.