ރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާން ނިންމައި މިއަދު ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓް މުރާޖައާ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިލްތިމާސްކުރައްވާ ކަމުގައި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް އަލީ ޒައިދު އެހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
ޒައިދުގެ ޓުވީޓުގައި ވިދާޅުވީ ސީދާ ދީނުގެ ހުކުމަކަށް ފާޑުކިޔޭނެ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި އެއްވެސް ބައެއް ދީނަށްވުރެ މައްޗެއް ނުވާނެ ކަމަށެވެ.
ޝެއިޚް ޒައިދު އިއްޔެ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މަރުގެ އަދަބު ނުދެވޭނެ ކަމަށް ސަރުކާރަކަށް ނުބުނެވޭނެ އެވެ. އެ ހައިސިއްޔަތު ސަރުކާރަކަށް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.