ޚަބަރު

ދަނގެތީ އެސްޓީއޯ ބޭސްފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފި

އަލީ ޔާމިން

އދ. ދަނގެތީ އެސްޓީއޯ ބޭސްފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިން 15،000 ވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.