އަލީ ޔާމިން
ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް 19 ޖެހުނުކަން އެނގުނު، އިޓަލީ މީހާއާ މާލެއިން ބައްދަލުވި ޔުނިވާސަލްގެ މުވައްޒަފަކު އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ، ކޮވިޑް 19 ޖެހުނު އިޓަލީ ފަތުރުވެރިޔާ ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނޫސްވެރީންގެ ބައްދަލުވުން ނިމުނު ފަހުން "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބުރޫކް ވިދާޅުވީ އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކީ ދިވެއްސެއް ކަމަށެވެ.
ތަފްސީލް އަންނަނީ ...