ސަރުކާރުން އެކުލަވާލާފައިވާ "އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން ބަދަލުކޮށް އެ ކައުންސިލާއި ސޯޝަލް ކައުންސިލަށް މެމްބަރުން އައްޔަން ކުރައްވައިފިއެވެ.
ސަރުކާރުން "އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން ވަނީ ހަމައެކަނި އިކޮނޮމިކް ކައުންސިލަށް ބަދަލުކުރައްވައިފައެވެ.
އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ
އިކޮނޮމިކް ކައުންސިލް
1. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް (ކޯޗެއަރ)
2. މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު
3. މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
4. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
5. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ
6. މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު
7. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއީލް
8. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
9. މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ
10. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ހަސަން
ސޯޝަލް ކައުންސިލް
1. ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުސްތަފާ ލުތުފީ (ކޯޗެއަރ)
2. މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ
3. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަން
4. މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން
5. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އާއިޝަތު އަލީ
6. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
7. މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަހްމަދު ޒާހިރު
8. މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް
9. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް