ޚަބަރު

އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

އައިދާ އަބްދުލް ހަކީމް

ދުނިއޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިފައިވާތީ އޭޑީކޭގެ އައިސީޔޫ، ސީސީޔޫ އަދި އެޗްޑީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑި ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އޭޑީކޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ އައި.ސީ.ޔޫ، ސީ.ސީ.ޔޫ އަދި އެޗް.ޑީ.ޔޫ ގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރާ ގަޑި ވަގުތީ ގޮތުން ހުއްޓާލައި އަދި ޕްރައިވެޓް ރޫމާއި ވޯޑް ތަކުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރުން މަދުކުރުމަށް އިލްތިމާސް ކުރާ ކަަމަށެވެ.

މީގެ އިތުރުން އެޑީކޭ އިން ބުނީ މިދުވަސްކޮޅު ބަލިމީހުންނަށް ޒިޔާރަތް ކުރުން މަދު ކުރަން ވެސް ވަރަށް ބޮޑަށް އިލްތިމާސް ކުރާކަމަށެވެ.