ޚަބަރު

ނ. ހޮޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އާދަމް ޝަރީފް އައްޔަނުކޮށްފި

އަލީ ޔާމިން

ނ. ހޮޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ބޭފުޅަކު އައްޔަނުކުރައްވަފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ، އިއްޔެ އެ ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ރ. ހުޅުދުއްފާރު، ޝަކީލީހިޔާ، އާދަމް ޝަރީފް އައްޔަނުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ އެރަށުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލައި އިންޓަވިޔު ކުރި ފަރާތްތަކުގެ ތެރެއިން "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އަށް ފެންނަ އެންމެ ގާބިލު ފަރާތަކީ އާދަމް ޝަރީފް ކަމުގައި ވުމުން ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ވަނީ ގިނަ ރަށްތަކަށް އިސް މެނިސްޓްރޭޓުން ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކޮށްފައެވެ.