ޚަބަރު

އުސޫލުތަކާ ހިލާފަށް އާންމުން ދަނީ ޕެޓްރޯލްގެ ވިޔަފާރި ކުރަމުން: ޕޮލިސް

އަހުމަދު ޖައިޝަން

މިހާރަކަށް އައިސް މާލެއާއި ހުޅުމާލޭގައި އުސޫލުތަކާ ހިލާފަށް ޕެޓްރޯލް ވިއްކަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އުސޫލުތަކާ ހިލާފަށް މާލެއާއި ހުޅުމާލޭގައި ޕެޓްރޯލް ވިއްކުމާއި ޑެލިވަރީގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެވިފައި ކަމަށެވެ.

އާންމުންގެ ފަރާތްތަކުން ޕެޓްރޯލްގެ ވިޔަފާރި ކުރުމަކީ ވިޔަފާރީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕެޓްރޯލްގެ ވިޔަފާރި އެގޮތަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.