ޚަބަރު

ރައީސްގެ ސްޕެޝަލް އެޑްވައިޒަރަށާއި ސްޓޭޓް މިނިސްޓަރަށް ބޭފުޅުން އައްޔަންކުރައްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމަށާއި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ ފެންވަރުގައި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޑރ. މުސްތަފާ ލުތުފީއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޝިފާޒް އަލީއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ވަނީ މަގާމަށް އައްޔަން ކުރެއްވުމުގެ ފަތްކޮޅު ހަވާލުކުރައްވައިފައެވެ.