ޚަބަރު

ރައީސް ޔާމީން ގެންނެވި ވަރުގެ ތަރައްގީއާ ގާތްކުރާ ވަރުގެ ކަމެއްވެސް ބަޖެޓަކުން ނުފެނުން : ރިޔާޒު

2

ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޭތުވެ ދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތާ ގާތްކުރާ ވަރަށްވެސް އާ ސަރުކާރަށް މަސައްކަތް ކުރެވޭނެ ކަން ބަޖެޓުން ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީގެ ރިޕޯޓުގެ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކަށް ބަލާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރާ މަސައްކަތްތަކާއި ރައީސް ޔާމީން ކުރެއްވި މަސައްކަތްތަކާ އަޅައި ނުކިޔޭ ކަމަށް ބައެއް މެންބަރުންވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު މިއަދު ފަހުރުވެރިވަން ރައީސް ޔާމީންގެ މި ފަސް އަހަރު ތ. އަތޮޅާއި ވިލުފުށި ދާއިރާއަށް ދެއްވި ކުރިއެރުން. އެކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާ އެއްހަމަ ކުރެއްވުން ކަމަށެވެ.

"ރައީސް ޔާމީންގެ ގެންނެވި ތަރައްގީއާ އެއް ހަމައަކަށް ތިމަންނަމެންނަށް [އާ ސަރުކާރަށް] ދަތުރު ކުރެވިދާނެތޯ ނޫނީ ނޫންތޯ؟ މި ސުވާލަށް ޖަވާބު ދެއްވުން. މިއީ ރައްޔިތުން ބަލާނެ ކަމެއް،" ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟