މަތީ ގައުލީމު

އާ ކޯސްތަކާއެކު އެވިޑް ކޮލެޖްގެ މެއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިދާ އަބްދުލް ހަކީމް

އެވިޑް ކޮލެޖުން މިއަހަރުގެ މެއިމަހު ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ އެކޮލެޖްގައި ކިޔެވުމަށް މިފަހަރު ހުޅުވާލާފައިވާ ދާއިރާތަކުގެތެރޭގައި އެޑިޔުކޭޝަން، ޓީޗިންގް، ބިޒްނަސް މެނޭޖެމެންޓް، ހިއުމަން ރިސޯރސް މެނޭޖެމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ކައުންސެލިން، ސައިކޮލޮޖީ، ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ގުރުއާން ހިމެނޭ ކަމަށެވެ.

ސެޓްފިކެޓް ލެވެލްތަކުން ފެށިގެން މާސްޓާސް ލެވެލްގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖައްސާފައިވާ މިސެމިސްޓާގައި އެވިޑް ކޮލެޖުން 54 އަށްވުރެ ގިނަ ކޯސް ހިންގާނެ ކަމަށް އެވިޑުން މައުލޫމާތުދެއެވެ. މީގެތެރޭގައި މުޅިން އަލަށް ފެށުމަށް ހަމަޖައްސާފައިވާ 14 ކޯހެއް ހިމެނޭ ކަމަށް ވެސް އެކޮލެޖުން ބުންޏެވެ. އެވިޑުން އަލަށް ފަށާ ކޯސްތަކަކީ؛

  • މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް
  • ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގް
  • އެސޯސިއޭޓް ޑިގްރީ އިން އޮފީސް މެނޭޖްމެންޓް
  • ޑިޕްލޮމާ އިން ޓީޗިންގ ޤުރުއާން
  • ޑިޕްލޮމާ އިން ޓީޗިން އިސްލާމް
  • ސެޓްފިކެޓް 3 އަދި 4 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ
  • ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
  • ސެޓްފިކެޓް 1 ، 2 އަދި 3 އިން ޢަރަބިކް ލޭންގްއޭޖް
  • އަދި ސެޓްފިކެޓް 1، 2 އަދި 3 އިން ޤުރުއާން ރެސިޓޭޝަން އެންޑް ތަޖްވީދު

އެވިޑް ކޮލެޖުން ބުނީ މެއި އިންޓޭކްގެ ކޯސްތަކާބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށްޓަކައި އެވިޑް ކޮލެޖްގެ 7803228 ނަމްބަރަށް ގުޅުއްވުން އެދޭކަމަށެވެ.