ޚަބަރު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަން ނިންމައިފި

އަހުމަދު ޖައިޝަން

މީގެ 65 އަހަރު ކުރީއްސުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގައި އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ދެލިކޮޕީ އާ އެއްކޮޅަށް ވޯޓުލާން ނިންމާފައިވާ ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އިން އެކުލަވާލާފައި އެވާ ދެލިކޮޕީއާ އެއްކޮޅަށް ވޯޓުލާން ނިންމާފައިވަނީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރި އަށް ދާ ޖެނެރަލް އެސެމްބްލީގައެވެ.

ނިމިގެން ދިޔަ ރަޔީސް ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އަދި އެކަމަށް ބޭނުންވާ ތައްޔާރުތައް ވެސް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ދައުރުގެ ނިމިގެން ދިޔަ އިރުވެސް އެކަން ތަންފީޒުކުރައްވައިފައެއް ނުވެ އެވެ.