ޗައިނާގެ ފުޖިއާން ސިޓީގައި ކޮވިޑް19 ނުވަތަ، ކޮރޯނާ ވައިރަސް އަށް ޕޮޒިިޓިވް ވެފައިވާ ބަޔަކު ކަރަންޓީނު ކޮށްފައި ތިބި ހޮޓަލެއް ވެއްޓިއްޖެއެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިރޭ ހިނގި މި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުން އެ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް ހޮޓާ ވެއްޓުނު ވަގުތު އެ އިމާރާތުގައި ތިބި މީހުންގެ އަދަދު ޔަގީންކުރެވިފައި ނުވާތީ މި އަދަދު އިތުރު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފަސް ބުރީގެ މި އިމާރާތުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު 23 މީހަކު މި ވަގުތު ވަނީ ސަލާމަތްކު ރެވިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި އިމާރާތް ވަނީ މުޅީން ބިމާ ހަމަވެފައެވެ. އެމެޖެންސީ ފަރުވާދޭ ފަރާތްތަކާއި ސިއްހީ ފަރުވާދޭ ފަރާތްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ވެސް މި ވީޑިއޯތަކުން ފެނެއެވެ.
ނަމަވެސް މި ހޮޓާ ވެއްޓުނު ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.