ޚަބަރު

އޮޑިޓަރ ޖެނެރަލް މަޖިލީހަށް ހުށަހަޅުއްވި 819 ރިޕޯޓަށް މަޖިލީހުން ގޮތެއް ނުނިންމާ!

އަހުމަދު ޖައިޝަން

އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލަށް ހުށަހަޅާފައިވާ 819 ރިޕޯޓަކަށް ގޮތެއް ނުނިންމައި މަޖިލީހުގައި އެބަ ހުރި ކަމަށް މާލިއްޔަތު ކޮމެޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ހާޒިރު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނަޝީދު (އޭޑީކޭ ނަޝީދު) ވިދާޅުވީ އެ ރިޕޯޓްތަކުގެ ތެރެއިން 140 ރިޕޯޓެއް ވަނީ މާލިއްޔަތު ކޮމިޓީގެ ކުރީގެ މުގައްރިރު، މަޖިލީހުގެ ރައީސަށް ފޮނުއްވާފައި ކަމަށެވެ.

"އެއީ އެއްވެސް މައްސަލައެއް ނެތް ރިޕޯޓްތަކެއްގެ ގޮތުގައި މަޖިލީހުގެ ފްލޯއިން ނިންމަން ވަނީ ފޮނުއްވާފައި،" ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލަތައް ވަރަށް އަވަހަށް އެޖެންޑާ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދެއްވާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.