ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެން.ބީ.އޭއެމް) އިން ބޯޓިން އިންޑަސްޓްރީއަށް އަމާޒުކޮށްގެން ޑިޖިޓަލް މާކެޓިން ވޯކްޝޮޕެއް ބާއްވައިފިއެވެ.
ބީހައިވް ހޮޓެލްގައި މިއަދު ހެނދުނު 10:00 އިން ހަވީރު 17:00 އަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕަކީ ސްރީލަންކާގެ، ޓްރާންސްފޯމް ސްރީލަންކާ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ އެހީތެރިކަމާއއެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕްއެކެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިޔައީ ސްރީލަންކާ ޓްރާންސްފޯމްގެ ކޯ ޕާޓްނަރެއްކަމަށްވާ ތަސިމް ރަފީއެވެ. އޭނާ ވަނީ ސްރީލްންކާ އާއި ދުބާއި އަދި ޔޫކޭގައި މިފަދަ ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައެވެ.
އެންބީއޭއެމްގެ ރައީސް އަފްރާހް ވިދާޅުވީ މިއީ ބޯޓިން ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ އިލްމާއި ތަމްރީން ހޯދައިދިނުމަށް ފެށި މަސައްކަތެއްކަމަށާއި ކުރިއަށް އޮތްތާނގައި މިފަދަ ގިނަ ފުރުސަތުތަށް އިންޑަސްޓްރީގެ ފަރާތްތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އެންބީއޭއެމް އިން އަންނަނީ ދިވެހި ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު މޯލްޑިވްސް ބޯޓިން އެވޯޑްސް (އެމްބީއޭ)ގެ ނަމުގައި އެވޯޑެއް ދެމުންނެވެ. އަދި މެރިން އެކްސްޕޯއަކީ އެންބީއޭއެން އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުންދާ އެކްސްޕޯއެކެވެ.