ޚަބަރު

އެމްއެމްޕީއާރްސީގެ އެމްޑީ އަކަށް ތޮއްޔިބު ހަމަޖައްސައިފި

އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑައިރެކްޓަރު ކަމަށް، ގ. ފަސްމަންދު، ތޮއްޔިބު މުހައްމަދު ހަމަޖައްސަވައިފި އެވެ.

ތޮއްޔިބު އެމްއެމްޕީއާރްސީގެ އެމްޑީ ކަމަށް ހަމަޖެއްސެވިކަން ވަނީ ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަ އެވެ.

ތޮއްޔިބު މުހައްމަދު ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާޓްސްގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އެމްްއެމްޕީއާރްސީ އެންމެ ފުރަތަމަ އުފެއްދެވި އިރު އެ ކުންފުނީގެ ޗެއާމަން އަކީ ވެސް ތޮއްޔިބު އެވެ.