ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ރަސްމީކޮށް ދޭން ފަށައިފިއެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުއްވައިދެއްވާ އެ ހިދުމަތް ފައްޓަވައިދެއްވީ އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
މި މަސައްކަތަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.
ހެލްތު މިނިސްޓްރީން ބުނީ، ދިވެހިންގެ ތެރޭގައި ދަތާއި އަނގައިގެ ބަލިތަކަކީ އާންމު ބަލިތަކަށްވާއިރު ށ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
އޭގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު، އެ ހިދުމަތް ހޯދުމަށް ށ. ފުނަދޫ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ރިސޯޓްތަކުގެ މުވައްޒަފުން ދަތުގެ ހިދުމަތް ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.