ޚަބަރު

ޖެންޑާ މިނިސްޓްރީގެ ނައިބަކަށް ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް ހުންނެވި އަބްދުއްޝުކޫރު އައްޔަންކޮށްފި

އައިދާ އަބްދުލް ހަކީމް

ޖެންޑާ މިނިސްޓްރީގެ ނައިބު މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރެއްވީ ގއ. ކޮލަމާފުށި/ އޯކިޑްވިލާ، އަބްދުއްޝުކޫރު އަބްދުލްހަކީމެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރީން އޭނާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.

ތައުލީމީ ދާއިރާގައި 26 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަބްދުއްޝުކޫރަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މާސްޓާ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

އަބްދުއްޝުކޫރާއެކު ޖެންޑާ މިނިސްޓްރީގައި މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާނެއެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅުން ތިއްބަވައެވެ.