އިޓަލީން މިއަދު ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް19 އަށް މޮނިޓާ ކުރުމަށް އެކަހެރި ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އިޓަލީން ރާއްޖެއަށް ދަތުރުކުރި ދިވެއްސެއް ކޮވިޑް19 އަށް މޮނީޓާ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެޗްޕީއޭއިން ދީފައެއް ނުވެއެވެ.
އިޓަލީން މިއަދު ރާއްޖެ އަދި ދިވެއްސަކު އެކަހެރިކޮށްފައިވާ އިރު ފަރުކޮޅުފުށީގައި ގާއިމްކޮށްފައި ހުރި، ކަރަންޓީން ފެސިލިޓީގައި މިވަގުތު ވެސް ދެ މީހުން އެބަތިއްބެވެ. އެއީ މަންމައަކާއި ކުޑަ ކުއްޖެކެވެ.
އިޓަލީ ފާހަގަ ކުރެވެނީ، ޔޫރަޕުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރޭ ގައުމުގެ ގޮތުގައެވެ.