ޕިކްނިކް އައިލެންޑެއް އަދި ހާޓް އައިލެންޑެއް (ސޭންޑް ބޭންކް)އެއް ހެދުމަށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަން ކ. ހިންމަފުށީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ހިންމަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕިކްނިކް އައިލެންޑް އަދި ހާޓް އައިލެންޑެއް (ސޭންޑް ބޭންކް) ހެދުމަށް އީއައިއޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކައުންސިލުން ނެރެފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހެޅުމަށް އެދިފައެވެ.
އެ ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުޅުވުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުގެ 12:00 ގައި ކަމަށެވެ.
ހިންމަފުއްޓަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ.